The Fini Page 2 September 2014 (Tuesday)
finipage

ޝީލާގެ ފިރިމީހާ ވިއްކާލަފާނެތަ؟

13 ނޮވެންބަރ 2013 އަޙްމަދު އިގުބާލު

ފިރިމީހާ ވިއްކާލާނީ ކިހާވަރަކަށްހެއްޔެ؟ އަނެއްކާ އެކަމަށް ތައްޔާރުހެއްޔެ؟ ފަހަރެއްގައި ތިބޭފުޅާއަށް އެކަން ކުރަން ނުކެރި ދާނެއެވެ. އެކަމަކު ބަތަލާ ޝީލާ ނަޖީބު ފާޑަކަށް މިހާރުވެސް އެކަމަށް އެއްބަސްވެއްޖެއެވެ. އެކަމަކު މިއީ އަސްލެއް ނޫނެވެ. މީ އޭނާގެ އާ ފިލްމުގެ ވާހަކައެވެ.

އެނބޫމާ ސްޓޫޑިއޯގެ ފަރާތުން މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެނެސްދޭ މި ފިލްމު "ފިރިއެއްގެ ލޯބި" އަންނަ އަހަރު ކުރީކޮޅު އޮލިމްޕަހުގެ ސްކްރީނަށް ގެނައުމުގެ މަސައްކަތް ވަނީ މިހާރު ފަށައިފަ އެވެ. ޝޫޓިން އަދި ޑަބިންގެ މަސައްކަތް ނިމިފައިއޮތް މި ފިލްމު ނެރެން ކުރިން ހަމަޖެއްސި ތާރީޚް ފަސްކޮށްފައި ވަނީ ސިޔާސީ ކަންތައްތަކެއްގެ ތެރޭގައި ޤައުމު އުޅޭ ދުވަސްވަރެއް ކަމުން މިފަދަ ދަނޑިވަޅެއްގައި ފިލްމު އެޅުވުން އެހާ ރަގަޅު ނުވާނެތީ ކަމަށް މާއެނބޫބުނެ އެވެ. 

ދެ ފަހަރެއްގެ މަތިން ނެޝަނަލް ފިލްމް އެވޯޑްގެ އެންމެ މޮޅު ސްކްރިޕްޓް ރައިޓަރުގެ މަޤާމް ހޯދާފައިވާ މަހުމާ ހުސައިން ރަޝީދު ޕްރޮޑިއުސްކޮށް 1997 ވަނަ އަހަރުގެ ބޮލީވުޑް ފިލްމު "ޖުދާއީ" ގެ އަސްލަކަށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ޝީލާ އަދާކުރަނީ ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ފިރިމީހާ އެހެން އަންހެނަކާއި ކައިވެނިކުރުވާ އަންހެނެއްގެ ރޯލެވެ. ފިލްމުގައި ވެސް ޝީލާގެ ފިރިމީހާ އަކީ އޭނާގެ އަސްލު ދިރިއުޅުމުގެ ވެސް ބައިވެރިޔާ މުހައްމަދު މަނިކު އެވެ. ނަމަވެސް މީގެ މާނައަކީ ޝީލާ އޭނާގެ ފިރިމީހާގެ ވިއްކާލުމެއް ނޫނެވެ.

މަނިކު އަދި ޝީލާގެ އިތުރުން އަރަމުން އަންނަ ހުނަރުވެރި ތަރި ފާތުމަތު އާޒިފާ (އަޒޫ) ގެ މުހިންމުރޯލެއް ވެސް ފިލްމުން ފެނިގެންދާނެއެވެ.

ފިލްމުގެ ޑައިރެކްޓަރު މާއެނބޫގެ އެނބޫމާ ސްޓޫޑިއޯއިން މީގެ ކުރިން ގިނަ އަދަދެއްގެ އައު ތަރިންއާއި އެކު ފިލްމުތައް އުފެއްދިނަމަވެސް ކުރިއަށްހުރި ފިލްމުތަކުން ފެނިގެންދާނީ ފުންނާބު އުސް ތަރިންކަމަށް އޭނާވަނީ ބުނެފައެވެ. އަދި މިހާރު އޭނާ ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މަހުމާ ހުސެން ރަޝީދުގެ "ރަންދަރިފުޅު" ގެ މަސައްކަތް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ޙިޔާލު

FINI COMMENT
undefined
mode
ތީތި ވާނީ ހަމަ ބޮޑު ފްލޮޕަކަށް :ޕ
undefined
mode
ތީހަމަ ބޮޑު ފުލޮޕްއަކަށްވާނީ p: